08-04-2025

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ދެ މީހަކު ހޯދަނީ

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ދެ މީހަކު ހޯދުމުގެ މަސައްކަތް ފުލުހުންގެ ޚިދުމަތުން ފަށައިފިއެވެ.

 

ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާ ދެ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން އެ މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

 

މި އަމުރުތަކާ ގުޅިގެން ހޯދަމުންދަނީ މުޙައްމަދު ޙައްސާން، ކަނީރުވިލާ / ލ. މާބައިދޫ (31އ) އާއި އަޙްމަދު ޝައިރަފް ޢަބްދުއްރަޙީމް، ދަފްތަރު ނަންބަރު ރސ 5624 / މާލެ (30އ) އެވެ.

 

މުޙައްމަދު ޙައްސާން ހޯދަމުންދަނީ އޭނާގެ މައްޗަށް ހުށަހެޅިފައިވާ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ މައްސަލައާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ، ބަންދުގައި ބަހައްޓައިގެން މިމަހުގެ 9ވަނަ ދުވަހުގެ 10:30އަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ.

 

އަޙްމަދު ޝައިރަފް ޢަބްދުއްރަޙީމް ހޯދަމުންދަނީ އޭނާގެ މައްޗަށް ހުށަހެޅިފައިވާ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ މައްސަލައާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ، ބަންދުގައި ބަހައްޓައިގެން މިމަހުގެ 9ވަނަ ދުވަހުގެ 13:00އަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ.

 

މިދެމީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ މީހަކު ވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިވަޑައިގެންފައެވެ.