ލީގަލް އެޑްވައިޒަރީ، ޓްރީޓީޒް އެންޑް ކޮންވެންޝަންސް ސެކްޝަން

އެންޓި ޓްރެފިކިންގ އިން ޕަރސަންސް އޮފީސް ޑިޕާޓްމަންޓް

މި ސެކްޝަންގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ މިނިސްޓްރީގެ މޭންޑޭޓްގައިވާ މަސައްކަތްތަކަށާއި މިނިސްޓްރީ ދާއިރާގެ އިދާރާތަކަށް ޤާނޫނީ ލަފާދިނުމެވެ. އަދި ބައިނަލްއަޤްވާމީ އެއްބަސްވުންތަކާ ގުޅޭގޮތުން ބައިލެޓްރަލް އަދި މަލްޓިލެޓްރަލް އެއްބަސްވުންތަކަށް ކޮމެންޓްކުރުމާއި، އެޓަރނީ ޖެނެރަލްގެ އޮފީހާއި އެހެނިހެން މުއައްސަސާތަކުގެ ކޮމެންޓްތައް ހޯދުމާއި، މި އެއްބަސްވުންތަކުގައި ސޮއިކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، ގުޅުންހުރި ބައިނަލްއަޤްވާމީ ބައްދަލުވުންތަކުގައި ދިވެހިރާއްޖެ ތަމްސީލުކުރުމެވެ. މީގެއިތުރުން، އެޓަރނީ ޖެނެރަލްގެ އޮފީހާއި ދައުލަތުގެ ބަންޑާރަ ނާއިބުގެ ލަފާ ހޯދައި، އެ ލަފާތަކާ އެއްގޮތަށް ޢަމަލުކުރުމަކީވެސް މިނިސްޓްރީގެ ޒިންމާއެކެވެ.