ބައިނަލްއަގުވާމީ ސުލްހައިގެ ދުވަސް

ބައިނަލް އަޤްވާމީ ޞުލްޙައިގެ ދުވަހަކީ 1981 ގައި އ.ދ އިން ކަނޑައަޅާފައިވާ ދުވަހެކެވެ.

މި ދުވަސް ފާހަގަ ކުރަމުން ގެންދަނީ ކޮންމެ އަހަރެއްގެ ސެޕްޓެންބަރު މަހުގެ 21 ވަނަ ދުވަހު އެވެ. 

ތާރީޚުގައި

2001 ގައި، އ.ދ ގެ ޖެނެރަލް އެސްމެބްލީގެ އިއްތިފާޤުން އެދުވަހަކީ ކުށްތައް ނުކުރާ ޞުލްޙައަށް މަސައްކަތްކުރާ ދުވަހެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.

ޞުލްޙައަކީ ހަމައެކަނި ހަތިޔާރު ބެހެއްޓުމަކުން ނޫނެވެ. ޞުލްޙަ ބިނާވަނީ ފަރުދުންގެ ކުރިމަގުގެ އުޖާލާކަން ކަށަވަރުކޮށްދޭ މުޖުތަމަޢެއް ބިނާކުރުމުގައެވެ.

މީހާގެ ހަސަބާއި ނަސަބަށް ނުބަލާ އެންމެންނަކީވެސް ހަމަހަމަ ބައެއްކަމުގައި ދެކޭފަދަ ދުނިޔެއެއް ބިނާކުރުމުގައެވެ.