37 ވަނަ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު

`

37 ވަނަ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވުމުގެ  ރަސްމިއްޔާތުގައި  މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ  އެންޑް ޓެކްނޯލޮޖީ ޢަލީ އިޙްސާން ދެއްކެވި ވާހަކަފުޅު

(09 ޑިސެމްބަރ 2024)

 

ﷲ ސުބުޙާނަޙޫ ވަތަޢާލާ އަށް ޙަމްދާ ޝުކުރުކުރަން. އެކަލާނގެ ރަސޫލާ މޫޙައްމަދު  އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން.   މި ޞަލަވާތާއި ސަލާމުގައި އެކަލޭގެ ފާނުގެ އާލު އަޞްޙާބުން ޝާމިލް ކުރަން.

 މިރަސްމިއްޔާތުގެ ޝަރަފުވެރި މެހްމާން މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ އިސްމާޢީލް ޝަފީޢު ، ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ސުޖާޢު ، އިންޑިއާގެ ޕޮލިސް އެކަޑަމީގެ ޑިރެކްޓަރ މރ. އަމިތުގާޑް ، ރައްޔިތުންގެ މަޖިލިހުގެ ޢިއްޒަތްތެރި މެމްބަރުން ، އެކުވެރި ދައުލަތްތަކުގެ ސަފީރުން، މިނިވަން މުއައްސަސާތަކުގެ އިސްވެރިން ، އައްޑޫ ސިޓީގެ މޭޔަރު ، ފުލުހުންގެ ވެރިން ، ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯއެންފޯސްމަންޓްގެ އެންމެހާ އިސްވެރިންނާ މުދައްރިބުންނާ މިކޯހުގެ އެންމެހާ ބައިވެރިންނާ އަދި މިބައިވެރިންގެ ޢިއްޒަތްތެރި ބެލެނިވެރިން ، އަދި އަޅުގަނޑުމެންގެ މިރަސްމިއްޔާތު ބައްލަވަމުން އަޑުއައްސަވަމުން ގެންދަވާ އެންމެހާ ރައްޔިތުން

السلام عليكم ورحمة الله وبركاته. 

ދެ! އަޅުގަނޑު އެންމެ ފުރަތަމަވެސް އިސްވެ ގަންނާނީ އަޅުގަނޑުމެން އެރުވި ދައުވަތު ގަބޫލުކުރައްވާ ޑޮކްޓަރ އިސްމާޢީލް ޝަފީޢު މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމަށް ވަޑައިގެން ވަޑައިގަތުމަށްޓކައި ޝުކުރު ދެންނެވުމަށް. މިނިސްޓަރ އޮފް އެޑިޔުކޭޝަން ތަމްރީން ހާސިލުކުރާ ކުދިންތަކެއްގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަކީ އަޅުގަނޑުމެންނަށް އަދި މިކުދިންނަށް ލިބިގެންދާ ޝަރަފެއް.

އިނީޝިއަލް ތަމްރީން ކޯހެއް ނިންމުމާ އެނިމިގެން ހަފްލާއެއްގައި ނިމުން ފާހަގަ ކުރުމާ މީ ފުލުހެއްގެ ހަޔާތުގައި އަންނާނެ އެންމެ ކުލަގަދަ އެއްދުވަސް. ފުލުހެއްގެ ހަޔާތުގައި އަންނާނެ އެންމެ މުހިންމުވެސް އެއްދުވަސް. ތަމްރީން ލިބިފައިވާ ފުރިހަމަ ފުލުހަކަށް އެމީހާ ބަދަލުވެ ދިވެހިރާއްޖޭގެ ގާނޫނު އަސާސީއާ ގާނޫނުތަކުން ލިބިދޭ ބާރާ އިޚްތިޔާރުގެ ތެރެއިން ދިވެހި ރައްޔިތުންނަށް ޚިދުމަތް ކުރުމަށްޓަކައި، ރަސްމީ ހައިސިއްޔަތުން ފެއްޓޭ ތަމްރީނެއް. އެހެން މާހައުލަކަށް ގެންގޮސް  އެކުދިންނަކީ ދިވެހިރާއްޖޭއަށް ފައިދާހުރި ޒުވާނުންތަކަކަށް ހެދުމަކީ އަޅުގަނޑުމެން ގުޅިފައިވާ މި ހޯމްޓީމުގެ ޒިންމާގެ ތެރެއިން އެކުދިންގެ ކޮޑުގައި އެޅިގެންދާ ބޮޑު ޒިންމާއެއް.

 

ދިވެހިރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށްޓަކައި ހޯމް ޓީމުގެ ތެރޭގައި ހިމެނޭ އެހެނިހެން މުއައްސަސާތަކާ ގުޅީގެން މަސައްކަތް ކުރުމަކީ ތިކުދިން އަޒްމުވަރުގަދަ ކަމާއެކު ކުރިމަތި ލާންޖެހޭނެ ޗެލެންޖެއް. މިކަންކަމަކީ މިއަދު ރައްޔިތުން ފުލުހުންގެ ފަރާތުން އެދޭ އެދުން. މިކަންކަމީ ކޮމިޝަނަރ ފާހަގަ ކުރެއްވިހެން ފަސޭހަ ކަންކަމެއްނޫން. ތި ކުދިން މިކަންކަމާ ކުރިމަތިލައިގެން ކުރިއަށް އަޅާ ކޮންމެ ފިޔަވަޅަކީ އޭގައި ހުރަސްތަކެއް ހިމެނޭ ފިޔަވަޅުތަކެއް، ވަކިން ޚާއްސަކޮށް ދިވެހިރާއްޖޭގެ މާހައުލު އޮތްގޮތުން ، ކޮރަޕްޝަނަރ ކަންކަމުގެ ތެރެއަށް ނުފޫޒު ފޯރުވުމާ މިކަންކަމަކީ ކަނޑައެޅިގެން ނޫނެކޭ ބުނަންޖެހޭ ކަންކަން. މީ ހިތްވަރު ހުރެގެން ކެރިގެން ﷲ ގަންދީ ކުރާ ހުވާމަތީގަ ތިބެގެން ދިވެހި ރައްޔިތުންނަށްޓަކައި ޚިދުމަތް ކުރަން ނިކުމެގެން ނޫނީ ކުރެވޭނެ ކަންކަމެއްނޫން. ތިއިން ކުއްޖެއްގެ ޢަޒުމަކަށް ވާންވާނީ ހަށިގަނޑާއި ފުރާނައިން ގުރުބާން ވެގެން މިކަންކަން ދިވެހި ރައްޔިތުންނަށްޓަކާ ކޮށްދިނުން.  ދިވެހި ރައްޔިތުންގެ އެދުމަކީވެސް އެއީ. އަޅުގަނޑު ތިކުދިންގެ ފަރާތުން އެދެން ބޭނުންވާ އެދުމަކީވެސް އެއީ. އަޅުގަނޑުމެންގެ ދާޚިލީ ވުޒާރާއިން މިހާރު އެކުލަވާލާފަ މިއޮތީ ނަތީޖާ ނެރޭ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރެވޭނެފަދަ ގޮތަކަށް. މިވުޒާރާގެ ތެރެއިން މަސައްކަތްކުރާ އެއް އިދާރާއެއްގެ ގޮތުގައި    ދިވެހި ފުލުހުން މިއަދު މަސައްކަތް ކުރަމުން އެދަނީ ވަރަށް ބުރަކޮށް. ފާއިތުވި ދިޔަ އެއް އަހަރުދުވަހުގެ ތެރޭގައި ފުލުހުން ހޯދާފައިވާ ކާމިޔާބީއަށްޓަކައި ފުލުހުންނަށް ޝުކުރުވެރިވާ ހާލު ފަޚުރުވެރިވާ ވާހަކަ ދަންނަވަން.

 

ޑްރަގްގެ މައްސަލަ ހައްލުކުރުމުގެ ތެރެއިން ތިންސަތޭކަ މިލިއަނަށްވުރެ ގިނަ ރުފިޔާގެ ޑްރަގްސްވަނީ އިންޓަރސެކްޓް ކުރެވިފައި. ދިވެހިރައްޖޭގެ ސަރަހައްދުގެ ތެރެއިން ޑްރަގްސްއާއެކުގައި 1.3 ބިލިއަން ދިވެހި ރުފިޔާގެ ޑްރަގްސްވަނީ އާއްމު މާހައުލުގެ ތެރެއަށް ދިއުން ހުޢްޓިފައި. އެތައް ހާސް މީހުނެއް ހުއްޓުވާ ބަލާފާސްކޮށް އެތައް މައްސަލައެއްބެލި އެތައް ދިވެހިރައްޔިތުން ޑްރަގްގެ ވަބާއިން ދުރުކުރުމަށް ދަނީ މަސައްކަތް ކުރަމުން.

 

ގޭންގް ހަދައިގެން ކުށްތައް ކުރަންއުޅޭ ތަންތަނުގައި ފާރަވެރިވެ އެކަންކަން ހިނގުމުގެ ކުރިން އެކަންކަން ހުއްޓުވުމަށް ފުލުހުން ދަނީ އާދަޔާޚިލާފު ބުރަ މަސައްކަތްތަކެއް ކުރަމުން. މިކަންކަމުން މިދިޔަ އަހަރު ފުލުހުން ވަނީ ނަތީޖާ ދައްކާފަ. ތިކުދިން ތި ޖޮއިންކުރާ ސަފަކީ މިދެންނެވި ކާމިޔާބީ ހާސިލުކުރަމުން މިހާރުދާ ސަފުތައް.

މަސައްކަތް ކުރަމުން ދާއިރު އިންސާނީ ހައްގުތަކާ ރައްކާތެރިވުމާ ދިވެހިރައްޔިތުން އެދޭފަދަ އިހުސާން ތެރިކަމާއެކު ލޯތްބާކުލުނާއެކު ޚިދުމަތްދޭ ފުލުހުން ތަކަކަށް ތިކުދިން ވާންޖެހޭނެ. އެއީ މިއަދު އަޅުގަނޑުމެން ބައްޓަންކޮށްފަ މިއޮތް ފުލުހުންގެ މުއައްސަސާގެވެސް   ސްޓޭންޑަޑަކީ. އަޅުގަނޑު ތި ކުދިންގެ ފަރާތުން މިއެދެނީ އެސްޓޭންޑަޑް މިއަދަށްވުރެވެސް ރަނގަޅަށް މާދަމާ ގެންގޮސަދިނުމަށް.

 

އެންމެ ބޭފުޅުންގެ އިޒުނަޔާއެކު މިރަސްމިއްޔާތުގަ ބޭރުގެ ޢިއްޒަތްތެރިން ބައިވެރިވާތީ އިނގިރޭސިން ދެތިން އެއްޗެއް ދަންނަވާލާނަން.

 

Excellencies, Ambassadors, High Commissioners and Diplomats. Your presence in this memorable occasion is testament to the relationship we hold together as countries and as brothers in arms. I thank you for the valuable services and assistance you have rendered over the past years. Especially for the Law Enforcement Agencies. I would like to especially thank Mr. Amithgerd the Director of the National Police Academy of India for gracing this occasion and for inviting and accepting our invitation Sir. Tonight I take the privilege in announcing that the government of India has provisioned a grand assistance of Maldivian Rufiya 8.5 million to support the restoration and maintenance of National College of Policing and Law Enforcement, Addu Campus

 

We express our deep gratitude to the government of India and this one-time grant assistance shows our special relationship with the government and the people of India. We thank you

 

އަޅުގަނޑުގެ ދުޢާއަކީ މިރޭ މިނިމިގެންދާ ކުދިންނަށް މާތްﷲ ޞުބުޙާނަހޫ ވަތަޢާލާ ހެޔޮމަގު ދައްކަވައި ކާމިޔާބީ އެކުދިންގެ ކެރިއާގައި ދެއްވުން. އަދި އަޅުގަނޑުމެން މިގައުމުގައި ސަލާމަތާއި ރައްކާތެރިކަން އަބަދުގެ އަބަދަށް ދެމިއޮތުމަށް އެކަނލާގެ މިންވަރު ކުރެއްވުން.

 

 ކުރިއަށް ދިވެހި ގައުމު.

 

 والسلام عليكم ورحمة الله وبركاته.