ފުލުހުންގެ ޚިދުމަތުގެ ދުވަސް

`

ފުލުހުންގެ ޚިދުމަތުގެ ދުވަހުގެ ރަސްމިއްޔާތުގައި  މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ  އެންޑް ޓެކްނޯލޮޖީ ޢަލީ އިޙްސާން ދެއްކެވި ވާހަކަފުޅު

(01 ސެޕްޓެމްބަރ 2025)

 

ﷲ ސުބުޙާނަޙޫ ވަތަޢާލާ އަށް ޙަމްދާ ޝުކުރުކުރަން. އެކަނލާގެ މިއުއްމަތަށް ކައުކުރެއްވި މާތް ނަބިއްޔާ  މުޙައްމަދު  އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން.   މި ޞަލަވާތާއި ސަލާމުގައި އެކަލޭގެ ފާނުގެ އާލު އަޞްޙާބުން ޝާމިލް ކުރަން.

 

ދިވެހިރާއްޖޭގެ ހުރިހާ ފުލުހުންނަށް މި ޝަރަފުވެރ ދުވަހުގެ އަދި މިޚާއްޞަ ދުވަހުގެ ތަހުނިޔާ އާއި މުބާރިކުބާދީ އަރިސްކުރަން. ރާއްޖޭގެ އިއްޒައްތެރި ރައީސުލް ޖުމްހޫރިއްޔާ އަދި އަޅުގަނޑު ވަރަށް ފަޚުރުވެރިވާ ޚިދުމަތެއް ދިވެހި ފުލުހުންގެ ޚިދުމަތަކީ. ވަކިން ޚާއްޞަކޮށް ދިވެހި ސިފައިންނާއިއެކުގައި އެތަންއަހަރެއް ވަންދެން ޚިދުމަތް ކުރުމަށްފަހުގަ މިނިވަން މުސްތަޤިއްލު ދިވެހި ރައްޔިތުން އެދޭފަދަ  ދވެހިރާއްޖެއަށް ބަދަލުވެގެން އައި ޑިމޮކްރެޓިކް ނިޒާމުގެ ތެރެއަށް ފެތޭފަދަ އަދި މިޒަމާނަށް ފެތޭފަދަ ފުލުހުންގެ ޚިދުމަތެއް ޤާއިމުވިތާ 21 އަހަރު މިއަދު މިފާހަގަ ކުރެވެމުންދަނީ. މި ދުވަސް ފާހަގަ ކުރެވެމުންދާއިރު އަޅުގަނޑު އުމުރަށްވުރެ ވެސް ގިނަދުވަހު ޚިދުމަތްކޮށްފަ ތިބި ބޭފުޅުން ތިބޭކަމީ އެކަމަށްޓަކައި އަޅުގަނޑު ފަޚުރުވެރިވާ ކަމެއް. އޭގެން ދައްކުވައިދެނީ ދިގު މުއްދަތަކަށް އެމުއައްސަސާއެއްގައި ޚިދުމަތް ކުރުމުން އެމީހާ ޤައުމު ދެކެ ވާ ލޯތްބާއި  ޤައުމައްދޭ އަހައްމިއްޔަތުކަމާއި އަދި ޚިދުމަތައްދޭ އިޙްތިރާމައި، މި ޚިދުމަތްކުރުމުގަ ދެމިހުރުމަށް ދޭ އަހައްމިއްޔަތުކަން މީ މަދުންނޫނީ ފެންނަ ސިފަތަކެއްނޫން. މިކަމަށްޓަކައި މިއަދު މި ސްޓޭޖް މަތީން 35 އަހަރުގެ ޚިދުމަތާއި 30 އަހަރުގެ ޚިދުމަތާއި 25 އަހަރު އަދި 20 އަހަރުގެ ދިގު ޚިދުމަތެއް މި މުއައްސަސާއަށްޓަކައި  ކޮށްދެއްވާފަ މިތަނުން ހަދާނީ ފިލާ ލިބިގެންދިޔަ ހުރިހާ ފަރާތްކަށް ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ނަންފުޅުގައި ވަރަށް ބޮޑަށް މަރުޙަބާ ދަންނަވަން.

 

އާދެ! ތާރީޚްގެ ތެރެއަށް ބަލާލާއިރުގަ ދިވެހި ފުލުހުންގެ ޚިދުމަތް ތަރުތީބުވެފައޮތް އެތައް އަހަރެއްވަންދެން ސިފައިންގެ ތެރޭގައި ވެސް. އަދި ސިފައިންނާއި ފުލުހުންނަށް ދެމުން އައީ އޭރުގަ އެއްތަމްރީނެއްވެސްމެ. އެއަށްފަހު ފުލުހުންނަށް ބައެއް ޚާއްޞަ ތަމްރީނުތަކެއް ދެވެމުންދިޔަ. މީގެ ތެރޭގައި ތިބި ވަރަށްގިނަ ބޭފުޅުންނަށް އެ ހަދާންނަތައް ވަރަށް ސާފުކޮށް ހުންނާނެކަން ނޭގެ. އެބަދަލު އަންނަން ޖެހުނީ މައިގަނޑު ވަރަށް ބޮޑެތި އަސާސްތަކެއް ބަދަލުވެގެން އަންނަން ޖެހޭކަމަށް ދިވެހިރާއްޖޭގެ އޭރުގެ ވެރިންނަށް ޤަބޫލުފުޅު ކުރެވުނީމަ. އަދި މި ޚިދުމަތުގަ ތިއްބަވާ ބޭފުޅުންނަށް ވެސް އެކިއެކި ޤައުމުތަކަށް ގޮސް އެލިބޭ އެކްސްޕީރިއަންސާއި އަދި ފުލުހުންގެ ޚިދުމަތް ދެމުންދާއިރުގަ ދިމާވަމުންދިޔަ ދަތިތަކަށް ބަލާލާއިރު އެ ވަކިވާންޖެހުނު ކަމުގެ މުހިންމުކަން އަޅުގަނޑަށް ހީވަނީ އިހްސާސްވާނެހެން. އޭގެ ތެރޭގައި އަސާސި ތަމްރީނުން ފެށިގެން އައިސް އަޅަމުންދިޔަ ޔުނިފޯމުން ފެށިގެން ގޮސް އަދި ކޮމާންޑިންގ ކޮންޓްރޯލް ސްޓަރުޗަރ ރޭވިފަ އޮންނަގޮތާއި ފުލުހުންއެކި ކަންކަމުގަ އަމަލު ކުރަމުންދާ އެސް.އޯ.ޕީ ތަކާއި ފުލުހުންގެ ވިސްނުން ގެންގުޅެން ޖެހޭ ގޮތާއި ފުލުހުންގެ ޒިންމާތަކާއި މީ ހުސްއައި ބޮޑެތި ތަފާތުތައް. އެ ތަފާތުގެ ސަބަބުން އެންމެ ބޮޑަށް ދިވެހި ރައްޔިތުން އެދުނު އެދުމަކީ ފުލުހުންގެ ޚިދުމަތް ދެމުން އައި ގޮތް އަދި އެ ރައްޔިތުން ނަށް ޚިދުމަތް ލިބެމުން އައިގޮތް ބަދަލު ވެގެން އަންނާނެކަން. އަޅުގަނޑަށް ޔަޤީން އޭރުގެ އެކްސްޕީރިއަންސްތައް  ކުރެވުނު ދިވެހި ރައްޔިތުން މިހާރު ޤަބޫލުފުޅު ކުރައްވާނެ އެއީ ހެޔޮ ބަދަލެއްކަން، އަދި އެއީ އަންނަން ޖެހޭ ބަދަލެއްކަން. އަދި އެބަދަލާއި ގުޅިގެން  ފުލުހުންގެ ޚިދުމަތުން ރަނގަޅު ހެޔޮ ބަދަލު ތަކެއް ފެނިގެންވެސް ގޮއްސިކަން. އޭގެތެރެއިން އެއްކަންތައް ތިބޭފުޅުން މިހާރު އާންމު ރައްޔަތުންނާއި ވަރަށް ގާތުން ފުލުހުންގެ ޚިދުމަތް ދެމުންދާ ދިއުން. ކުރީގަ އިންސްޑެންޓެއް ދިމާވީމަ އާއްމުކޮށް ނިކުމެގެންގޮސް ޚިދުމަތް ދިނުމުގެ ބަދަލުގައި މިހާރުގެ ފަލްސަފާ ތަކުގެތެރޭގައި ކޮމިއުނިޓީތަކާއި ވީހާވެސް ގުޅިގެން އެންގޭޖްމަންޓް ތައް އިތުރު ކޮށްގެން ކުށް ހިނގަމުންދާ މާހައުލުގަ އެކުށަކަށް މީހަކު އަރައި ގަތުމުގެ ކުރިން އެކަމަކަށް އިންޓަރމީންކޮށް ކުށުގެ މާހައުލު ނައްތާލާ މިފަދަ ގޮތަކަށް ފުލުހުންގެ ޚިދުމަތް ތަރުތީބު ވެގެން އައިސް އަދި ކުށްކުރާހާލު ނުވަތަ ކުށަކަށް އަރައިގަންނަ ހާލުގަ ފުލުހުންގެ ޚިދުމަތް ދޭއިރު ނުވަތަ ފުލުހުންގެ ޤާނޫނީ ވާޖިބު އަދާކުރާއިރު އެ ފޯސް ގެންގުޅޭ ގޮތާއި މީހުނާ މުއާމަލާތްކުރާ ގޮތާއި މިއީ ހައްތާވެސް އިހާ މިހާރާ ވަރަށް ތަފާތު ކަންކަން. އަޅުގަނޑުމެން ވަރަށް ބޮޑަށް ޤައުމެއްގެ ގޮތުގައި  މެޗުއަރވެގެން އަންނައިރު އަދި ޚާއްޞަކޮށް ޤައުމެއް އިންތިޒާމުވެފަ އޮންނަގޮތުގައި މިއައި ބަދަލަލު ޑިމޮކްރެޓިކް ހަޔާތުގަ ރާއްޖެއަށް މިއައި ބަދަލުގަ އެންމެ މުހިންމު އެއް އަސާސްއަކީ ދިވެހި ފުލުހުން ޚިދުމަތް ދެމުން އައިގޮތް  ބަދަލުވުން. އެހެންވެ މިއަދުގެ މިޚިދުމަތަށް 21 އަހަރު ވެގެންދާއިރުގަ އަޅުގަނޑު އެދޭ އެދުމަކީ އިތުރަށް ވެސް މި އަސާސްތައް ހިފަހައްޓާ ކުރިއަށް އޮތްތާނގަ ފުލުހުންގެ ޚިދުމަތް ބައްޓަން ވެގެންއަންނަ އިރުގަވެސް މިބަދަލު ގަނައި ސަބަބު ހުރިހާ ބޭފުޅުންވެސް ހިތުގަ ބަހައްޓައިގެން އިތުރަށް  މި ޚިދުމަތް ފުރިހަމަ ކުރުމަށް މަސައްކަތް ކުރެއްވުން.

 

މިއަދާއި ހިސާބަށް 21 އަހަރު ވެގެން އައިއރުގަ ފުލުހުންގެ ޚިދުމަތުގަ ގިނަ ބޭފުޅުން ޚިދުމަތް ކުރައްވާފަ ޚިދުމަތުން ވަކިވެ ވަޑައިގެންފަ ވެސް ގޮސްސި. އަދި މީގެތެރއިން ބައެއް ބޭފުޅުން ޤައުމަކަށްޓަކައި އެބަޔަކަށް ދެވޭނެ އެންމެ މަތިވެރި ޤުރުބާނީ ފުރާނައިން މިޚިދުމަތަށް ޓަކައި ޤުރުބާން ވެގެން ގޮއްސަ ވެއްޖެ. އެފަރާތްތަކުގެ ފުރާނަޔަށް ސުވަރުގޭގަ ދާއިމީ ނިއުމަތް ދެއްވުމަށް އެދި ދުޢާ ކުރަން. އަދި ހަމައެއާއެކު އަޅުގަނޑުމެންގެ ޚިދުމަތުން ވަކިވެގެން މިހާރު އެކިއެކި ދާއިރާތަކުގަ ދިވެހިރާއްޖޭގައި މަސައްކަތް ކުރައްވަމުން ނުވަތަ ޚިދުމަތް ކުރައްވަމުން ނުވަތަ ރިޓާޔަމަންޓް ގައި އެންޖޯއި ކުރައްވަމުން ގެންދަވާ ބޭފުޅުންނަށްވެސް އެދެއްވި އަގުހުރި ޚިދުމަތަށްޓަކައި އަޅުގަނޑުމެން އެންމެންގެ ނަމުގައި ވަރަށް ބޮޑަށް ޝުކުރު އަދާކުރަން.

 

ފުލުހުންގެ މިހާރުގެ އެންމެ އަސާސީ އެއް މަޤުސަދެއްކަމުގައި ވެފައި މިއޮންނަނީ ދިވެހިރައްޔިތުންގެ  ހއްޤުތައް އެމީހުނަށް ކަށަވަރު ކޮށްދިނުން. އެހެން މީހެއްގެ ހައްޤަކަށް އަރައި ގަންނަ ހިނދުވެސް އެ ހައްޤު ކަށަވަރު ނުވެގެން އެމީހާ ހިތާމައިގެ ހާލުގަ އުޅޭ އިރުގަ ވެސް އެމީހާއަށް އެ ދޭންޖެހޭ ތަސައްލީ އެމީހާ އަށް އެދޭންޖެހޭ ޚިދުމަތް ދޭން ފުރަންޓްލައިންގައި ތިއްބަވާ ބޭފުޅުންނަކީ ތި ބޭފުޅުން. މިކަން އަޅުގަނޑުމެން ކުރަމުން އަންނައިރު މުޖްތަމައަށް މިއަންނަ ބޮޑެތި ބަދަލުތައް އެބަ ދެނެގަންނަން ޖެހޭ. ދުނިޔޭގެ ޤައުމުތަކުގަ ކުރައިމް އެންވަޔަރަންމަންޓް އިވޯލްވަމުން އަންނައިރުގަ އަޅުގަނޑުމެން ވެސް އެއާ އެއްވަރަކަށް އިވޯލްވަމުން އަންނަން ޖެހޭ. ދިވެހިރާއްޖެއަކީ ވަކިން އޮންނަ ތަނަކަށް ވިއަސް ދުނިޔޭގެ އިމާޖިން ކްރައިން އެންވަޔަރަންމަންޓްގައި ރާއްޖެވެސް އޮތީ އެއްފައި ހިސާބެއްގައި ހިއްސާ ކޮށްފަ. ޚައްސަކޮށް މިހާރު ސައިބާސް ބޭސްގަ މި ހިނގަމުންދާ ކަންކަމުގެ ތެރޭގަ ކްރައިމް އެންވަޔަރަންމަންޓް އުފެދިފަ އޮތްގޮތުން އަޅުގަނޑުމެންނަށް  ވެސް މިހިސާބުން ވަރަށް ބޮޑެތި ބަދަލުތައް އަޅުގަނޑުމެންގެ ޕޮލިސީންނަށް ގެންނަންޖެހޭ. ސައިބަރ ކްރައިމްއަށް ފޯކަސްކުރެވިގެން އަޅުގަނޑުމެންގެ ތެރެގެ މީހުނަށް އެތަމްރީނު ދެވި އެ އިންފްރާ ސްޓްރަކްޗަރ ޤާއިމުކުރެވި އެއަށް އަހުލުވެރިވެ އަދި ކްރައިމް އޮގަނައިޒޭޝަންތަކާއި ކްރިމިނަލުންނަށް ވުރެ އަޅުގަނޑުމެންގެ މީހުންގެ ޤާބިލުކަން މިދާއިރާތަކުން އިތުރުކޮށް ރައިޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރަންޖެހޭ. ދިވެހި ސަރުކާރުން އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރާނަން. އަދި ވަކިން ޚާއްސަކޮށް އަދުގެ ޒަޢާމަތުގަ ރައީސް ޑރ މުއީޒު ވަރަށް ބޮޑަށް މަސައްކަތް ކުރައްވާ ދިވެހި ފުލުހުންނަށް ބޭނުންވާ އިންފްރާ ސްޓްރަކްޗަރ ޤާއިމުކުރުމާއި ތި ބޭފުޅުންނަށް ބޭނުންވާ ރިސޯސްތައް ހޯއްދަވައި ދެއްވުމާއި ޚާއްސަކޮށް ޓެކްނޮލޮޖިކަލީ ބަދަލުވެގެން މި އަންނައިރުގަ ބޭނުންވާ ޚާއްސަ ރިސޯސްތައް ހޯދައި ދިނުމަށް. އަދި ހަމައެއާއެކު އިންސާނި ވަސީލަތް އެއާއެއްވަރަށް ތަރައްޤީކުރުމަށް. އަޅުގަނޑު އެދޭ އެދުމަކީ ތިއިން ކޮންމެ ބޭފުޅަކުވެސް އެމަސައްކަތް ކުރާ ދާއިރާގަ މި ދެންނެވި ކަންކަމުން ބޭނުންވާ ޚާއްސަ ތަމްރީނުތަކާއި ބޭނުންވާ އިކުއިޕްމަންޓައީ ރިސޯސް ހޯދުމަށް ޚާއްސަ އިސްކަމެއް ދެއްވުން. ވަކިމީހަކު އައިސް އެހޯދާދޭ ހިސާބުން އެކަމާ އުޅުމުގެ ބަދަލުގައި ނުލިބެނީސް ވެސް އެކަންކަން އައިޑެންޓިފައިކޮށް އެމީހެއްގެ ދާއިރާގަ ބަދަލު ވެގެން އަންނަ ޓެކްނޮލަޖީ ބަދަލުވެގެން އަންނަ ރިސޯސްތައް ބަދަލުވެގެން އަންނަ ތަމްރީންތައް ދެނެގަނެ އެކަންކަން ވެރިންނާ ހިސާބަށް ގެނެސް އެކަންކަން ހޯދަން އާދަޔާ ޚިލާފަށް މަސައްކަތް ކުރުން. އެއީ ފުލުހުންގެ ޚިދުމަތް މިހާރު  ދެން އިތުރަށް އަޅުގަނޑުމެންނަށް ޚާއްސަ ޤަޒީއާއަކުން ބެލިގެން  ކުރިއަށް ގެންދެވޭނެ ގޮތަކީ.

 

މުޖްތަމައުތެރޭގަ ކުރައިމް ނައްތާލުން އަދިކުރައިމް އާއި ދެކޮޅަށް މަސައކްތް ކުރުމުގެ އިތުރުން މުޖުތަމައު އެއްބައިވަންތަކޮށް ޤައުމެއްގެ ގޮތުގައި މި އޮންނަ އޮތުން ދެމެހެއްޓުމަކީ ވެސް އަޅުގަނޑު ދެކޭ ގޮތުގައި ފުލުހުންނަށް ކުރެވިދާނެ ވަރަށް ބޮޑު ޒިންމާއެއް. ދިވެހިން އޭގެ ޒާތުގަ އެއްބައެއްގެ ގޮތުގައި ތިބުމަށް ވަރަށް ގިނަ ހުރަސްތަކެއް ކުރިމަތި ކުރުވާ މުޖުތަމަޢު ތެޜޭގަ. އޭގެތެރޭގަ އަޅުގަނޑުމެންގެ ތެރެގަ މި އޮންނަ ސިޔާސީ ފިކުރުތައް ތަފާތުވުމާއި އަޅުގަނޑު މެންގެތެރޭގަ މިއޮންނަ އެކި ރަށްރަށުގެ މެދުގަ  އޮންނަ ވާދަވެރިކަމާ އަޅުގަނޑުމެންގެ ތެރޭގަ މީސްމީހުންގެ އެކިއެކި ސަބަބުތަކާހުރެ، ތައުލީމީގޮތުން އަންނަ ތަފާތުން، މުއްސަދި ކަމުގެ ގޮތުން އަންނަ ތަފާތު، މީހުންގެ ތެރޭ އޮންނަ ނުތަނަވަސްކަން ވަޒީފާގެ ގޮތުން އަންނަ ނުތަނަވަސްކަން މިހުރިހާ ކަމަކުން ވެސް މިއަންނަނީ ޤައުމެއްގެ ގޮތުގައި އޮތުން ނުވަތަ އެއްބައެއްގެ ގޮތުގައި ތިބުމަށް އަންނަ ޗެލެންޖަސްތައް. މިކަމަށް އަޅުގަނޑު ދެކޭ ގޮތުގަ ފުލުހުންނަށް ޚާއްޞަ އިސްކަމެއްދީގެން އިންޓަރވެންޝަން ތަކެއް ހެދިދާނެ. މުޖުތަމަޢު ތެރޭގައި މިފަދަ ނުތަނަވަސްކަން އޮންހިނދު ތިބޭފުޅުންގެ ޚާއްސަ އުކުޅުތަކާ ތިބޭފުޅުން ގެންގުޅުއްވާ ތަމްރީނުގެ ކަންކަމުންނާއި ތިބޭފުޅުން ގެންގުޅުއްވާ ޚާއްސަ ޕްރޮގްރާމްތަކުގެ އަލީގައި މުޖުތަމައުގެ މިކަންކަން ނައްތާލާ މުޖުތަމައު ތެރޭގަ ހަމަޖެހުމާއި އަޅުގަނޑުމެން އެކަކު އަނެކަކަށް ކުރަންޖެހޭ އިޙްތިރާމާ އެކަކު އަނެކަކަށް އޮންނަންޖެހޭ ލޯބި އަނބުރާ ހޯދުން އަޅުގަނޑަށް ހީވަނީ އެއީ ފުލުހުން ޚާއްޞަ މަސައްކަތެއް ކޮށްފިނަމަ މިފަދަ ދުވަހެއްގަ އަޒުމުކަނޑައަޅަން ރަނގަޅު ކަމެއްކަންނޭގެ.

 

ދިވެހިރާއޖޭގަ މިހާރު މިދާ ފުލުހުންގެ އިންފުރާ ސްޓްރަކްޗަރ ޤާއިމުކުރުމުގެ މެޤާ ޕްރޮޖެކްޓުގެ ތެރެއިން އަޅުގަނޑުމެން އެޗީވްކުރަން ބޭނުންވަނީ ހަމައެކަނި ފުލުހުންނަށް ވަރަށް ރަގަނޅު ފެސިލިޓީތަކެއް ހޯދަ ދިނުމެއްނޫން. އެ ފެސިލިޓީތަކުގެ ތެރެއިން އޭގެ ބޭނުންކޮށްގެން މުޖުތަމަޢުގަ މިހާރަށްވުރެ އެތައްގުނަޔަކަށް ތަފާތު ފުލުހުންގެ ޚިދުމަތެއް އޮތްކަން ރައްޔަތުމީހާއަށް ޤަބޫލުކުރެވޭ ކުރުން. އެހެންވީމާ އަދި ފެސިލިތީއެއް ޤާއިމުވިއަސް އަޅުގަނޑުމެންނަކަށް ފުރިހަމައެއް ނުވާނެ. އެ ފެސިލިޓީގެ ބޭނުން ކޮށްގެން ފުލުހުންގެ ފަރާތުން އާއްމު ރައްޔަތުންނަށް ދެވޭ ޚިދުމަތް މިހާރު ރަގަނޅު ވެއްޖެކަން އެ ކޮމިއުނިޓީއެއްގަ ތިބޭ ޢާންމުން ޤަބޫލު ނުކުރާހާ ހިނދަކު. އެންވީމާ ތިއިން ކޮންމެ ބޭފުޅަކުވެސް،  ޚާއްސަކޮށް މިތާ މިތިއްބެވި ގިނަ ބޭފުޅުންނަކީ ފުލުހުންގެ ކޮމިޝަން އޮފިސަރުން ކަމަށްވާތީ ތިއިން ކޮންމެ ބޭފުޅެއްގެ ވެސް ޒިންމާއަކަސް ވާންވާނެ އެ ސާވިސް އެއް ދެއްވަމުންދާ ކޮމިއުނިޓީގަ ތިބޭ މީހުނަށް އަޅުގަނޑުމެން މިދެމުންދާ ޚިދުމަތް ތަފާތު ވެއްޖެކަން، ޚިދުމަތް ރަނގަޅު ވެއްޖެކަން ޤަބޫލުކުރެވޭތޯ ޔަޤީންކުރަން. އަޅުގަނޑުމެންނަށް ޤަބޫލުކުރެވިދާނެ ކިތަންމެވަރަކަށް ވެސް. އެހެންނަމަވެސް އެ ރިސީވްކުރާމީހާ އަށް އެ ޤަބޫލުނުކުރެވޭހާ ހިނދަކު އެޚިދުމަތް ދިނުމުގެ އަސްލު ވެލިޔުއެއް ނުލިބޭނެ، އަދި އެ ހިންހަމަޖެހުމެއް ވެސް އަޅުގަނޑު މެންނަކަށް ނުލިބޭނެ. އުފަލާއެކު ފަހަގަ ކުރަންޖެހެނީ ރާއްޖޭގެ ވަރަށް ގިނަ ދިމަދިމާލުގަ ފުލުހުންގެ ޚިދުމަތް މިހާރު ލިބެމުން އަންނަ ގޮތް ތަފާތުކަމާއި ރަނގަޅުކަން ތަކުރާރުކޮށް އަޅުގަނޑުމެންނާ ބައްދަލުވާ މީހުން ފާހަގަ ކުރަމުން ދާކަން. ބައެއް ދިމަދިމާލުން ރަގަނޅު ކުރަންޖެހޭ ކަންކަން ފާހަގަކުރޭ. އެހެންނަމަވެސް ކުރިއާ ޚިލާފަށް މިހާރު ބައްދަލު ކޮށްފަ ގުޅާފަ މެސެޖުކޮށްފަ ވަކިވަކި އިންސްޓެންސް ތަކުގަ ފުލުހުންގެ ޚިދުމަތް ރަނގަޅުވެފަޔާ ވަކިވަކި ހާލަތްތަކުގަ ދިމާވި ރަނގަޅު ވާހަކަތައް މީހުންދައްކާލެއް ގިނަވޭ. އޭގެ މަނާއަކީ ތިޔަބޭފުޅުން ރަނގަޅު މިސްރާބަށް ކަންތައްތައް އެބަކުރެޔޭ. އެހެންވެ އެކަމަށްޓަކައި ތިޔަ ހުރިހާ ބޭފުޅުންނަށް އަޅުގަނޑުވެން ވަރަށް ފަޚްރުވެރިވަން. އަދި ވަރަށް ޝުކުރު އަދާކުރަން. ތިޔަ ގޮތަށް ފުލުހުންގެ ޚިދުމަތް ބައްޓަންކުރައްވަމުން ގެންދަވާތީ. އަޅުގަނޑު އަބަދުވެސް ތި ބޭފުޅުންނަށް ދޭ މެސެޖެއް. ފުލުހުންގެ ޚިދުމަތަކީ މި ޚިދުމަތުގެ ގޮތުގަ މިހާރު 21 އަހަރުވެގެން އައި އިރުގަވެސް އަދި އޭގެ ކުރީގަވެސް އެތައްބަޔަކު ވަރަށް ގިނަ ޤުރުބާނީތަކެއް ވެގެން މި ހިސާބަށް ގެނެސްސަ އޮތް ޚިދުމަތެއް މީ.އެހެންވެ މިޚިދުމަތުގެ ތެރޭގަ އުޅޭ އިރު އަޅުގަނޑުމެން ވަކި ފަރުދެއގެ ފަރާތުން މުޅި ޚިދުމަތަށް ނުވަތަ ޚިދުމަތުގައި ތިއްބަވާ އެހެން ބޭފުޅުންނަށް ނިސްބަތްވާ ގޮތަށް ގޯސްކޮށް ކަންކަން ވިޔަދީގެން ނުވާނެ. އަމިއްލަޔަށް ނަގާ ޑިޒިޝަންއަކުން ނުވަތަ ތިމާމީހާ އަމިލަޔަށް ނިންމާ ނިންމުމެއްގެ ސަބަބުން ބައިވަރު މީހުނަށް އޭގެ ހުތުރުނަމާއޭގެ ގެއްލުން ލިބޭގޮތަށް އަޅުގަނޑުމެންގެ ޢަމަލުތައް ބަހައްޓައިގެން ނުވާނެ. ހިތާމައަކީ މިފަދަ ކުދިކުދި ކަންކަން އަޅުގަނޑުމެންގެ ތެރޭގައި ދިމާވޭ. ނިސްބަތުން ކިތަންމެ ކުޑަ ކަމެއްވިއަސް ދިވެހި ރައްޔިތުން ފުލުހުން މިންކުރަނީ  ވަރަށް މަތީން. ކިތަންމެ ކުޑަކަމެއް ދިމާވިއަސް އެކަންތަށް ބަރަށް ބޮޑުކަމެއްގެ ގޮތުގަ އާންމު ރައްޔަތު މީހާއަށް ފެންނާނީ. އެންވެ އަބަދުވެސް އަޅުގަނޑުމެން އެކަކު އަނެކަކަށް ފާރަވެރި ވާންވާނެ. އެކަކު އަނެކަކަށް ނަސޭޙަތްތެރި ވާންނާނެ. . އަޅުގަނޑުމެންގެ ތެރޭގަ މިދެންނެވި ފަދަ ކަމެއް ނުހިނގާތޯ. އަދި މިދެންނެވިފަދަ ކަމެއް ހިނގައިފި ކަމަށް ވާނަމަ ވީ އެންމެ އަވަހަކަށް ފިއަވަޅު އަޅުއްވާ ފުލުހުންގެ މުވައްސަސާގަ ބާކީ މި ތިއްބެވި ހުރިހާ ބޭފުޅުންނަށް އިންސާފު ޤާއިމު ކޮށްދޭންވާނެ.  ދެރަ މައްސަލައަކީ ޔުނިފޯމް އެޅި މުއައްސަސާ ތަކުން މަދުން ނަމަވެސް މި ފެންނަ ނޭއްގާނީ ކަންތައްތަކުގެ ސަބަބުން މުވައްސަސާ ތަކުން ވަރަށް ގިނަ ދުވަހުން ހޯދާ ކަރާމާތާ އިއްޒަތާ އެ ޤަދަރު ކުޑަ ހިނދުކޮޅެއްގެ ތެރޭގަ ބައެއްފަހަރު މީހުން ސުވާލު އުފައްދާގޮތަށް ވޭ. އެހެންވީމާ އަޅުގަނޑުމެން ވަރަށް ޚާއްސަ އިސްކަމެއް ދެއްވައިގެން އަޅުގަނޑުމެންގެ ޔުނިޓް ތަކުގެތެރޭގަޔާ އަޅުގަނޑުމެންގެ އެކިއެކި ރަށްރަށުގަ ޚިދުމަތް ދެމުން ގެންދާއިރުގަ މިކަމަށް ޚާއްސަ އިސްކަމެއް ދިނުމަކީ އަޅުގަނޑު ތިޔަބޭފުޅުންގެ އަރިހުން ވަރަށް ބޮޑަށް އެދޭކަމެއް.

 

މިފަދަ ދުވަހެއްގަ އަޅުގަނޑު ހަމަ ތަކުރާރުކޮށް ތިބޭފުޅުންނަށް ހަނދުމަކޮށް އަރުވަން. ދިވެހި ރައްޔިތުން އެދެނީ އޯގަތެރި ހިތަކާއެކުގަ ހިނިތުން ވުމާއެކުގަ އެބޭފުޅުންނަށް ދުރާލާ ޚިދުމަތެއް ދޭންޖެހޭކަން ޤަބޫލު ކުރެވިގެން އައިސް އެބޭފުޅުންނަށް ޚިދުމަތްދޭ ދިވެހި ފުލުހުންގެ ޚިދުމަތެއް އޮތުން. އަޅުގަނޑުމެން ކޮންމެ ބޭފުޅެއްގެ ވެސް އަޒުމަކަށް ވާންވީ ކުށެއް ކުރުމުގެ ކުރިން އެކަން ދަނެގަނެވޭނެ ހުރިހާ ގޮތަކަށް އަޅުގަނޑުމެންގެ މަސައްކަތްތައް ބައްޓަންކޮށް ކުށަށްމީހާ އަރައިގަތުމުގެ ކުރިން އެމީހާ ސަލާމަތް ކުރެވޭނެ ގޮތެއް ހޯދުން. އަޅުގަނޑުމެންގެ މުޖުތަމައަކީ ކުށުން ސަލާމަތް ވެފައިވާ އަބަދުވެސް އަމަން އަމާންކަމަށް ލޯބިކުރާ ބަޔަކުތިބޭ ތަނެއްގެ ގޮތުގައި ހެދުމަށް އަޅުގަނޑުމެން އެންމެން މަސައްކަތް ކުރުން.

 

 އަޅުގަނޑުގެ ދުޢާ އަކި މާތް الله سبحانحه وتعالى އަޅުގަނޑުމެން މިގޮތުން ކުރާ ހުރިހާ މަސައްކަތެއްގައި ބަރަކާތް ލައްވާ ދިވެހިރާއްޖެއަކީ އަދި ދިވެހި ދައުލަތަކީ ތާއަބަދަށް ސަލާމަތާއި ރައްކާތެރިކަން ޤާއިމުވެފަ އޮންނަ ޤައުމަކަށްވުން. ހަމަ އެއާއެކު އަޅުގަނޑުގެ ދުޢާއަކި މާތް ﷲ سبحانحه وتعالى ދިވެހި ފުލުހންގެ ޚިދުމަތަށާއި  ދިވެހި ފުލުހުންގެ ޚިދުމަތުގައި މިވަގުތު ތިއްބެވި ހުރިހާ ބޭފުޅުންނަށާއި އަދި މިހާތަނަށް ޚިދުމަތް ކޮށްދެއްވާފައިވާ ހުރިހާ ބޭފުޅުންނަށް ތާއަބަދަށް އެކަނލާގެ ހެޔޮ ރަޙްމަތް ލެއްވުން.

 

ކުރިއަށް ދިވެހި ގައުމު.

 

 

والسلام عليكم ورحمة الله وبركاته.